logo
banner image

ލ.ހުޅިމެންދޫގައި އެމް.އެން.ޔޫގެ ހޮޓެލް ސްކޫލެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ހޮޓެލް ސްކޫލް އެންޑް ރިސޯޓް ލ.ހުޅިމެންދޫގައި ޤާއިމުކުރުމަށް އެ ޔުނިވާސިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ރަހީމާ އަބްދުލް ރަހީމެވެ. އަދި އެމް.އޭ.ސީ.އެލްގެ ފަރާތުން އެ މުވައްސަސާގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ލ.ހުޅިމެންދޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމެވެ. އެގޮތުން، އެމް.އެން.ޔޫގައި ޤާއިމުކުރެވޭ މި ހޮޓެލް ސްކޫލް އެންޑް ރިސޯޓްގެ ދަށުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު އެ ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ހޮޓެލް ސްކޫލް އެންޑް ރިސޯޓް ލ.ހުޅިމެންދޫގައި ޤާއިމުކުރުމަށް އެ ޔުނިވާސިޓީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބައިވެރިވަޑައިގަންނަވައިފައެެވެ.