logo
banner image

ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވަޒީރު ޑރ. ހައިދަރު ބައިވެރިވެވަޑައިގަންނަވައިފައި

ކޮންމެ އަހަރެއްގެ 20 އޮކްޓޯބަރ ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ "ލޭބަރ ފޯސް ސަރވޭ 2025 ގެ ކުއަރޓަރ 3"ގެ ނަމުގައި ކުރެވުނު ދިރާސާއާއި ގުޅޭ ތަފާސް ހިސާބުތަކުގެ ރިޕޯޓް އިފްތިތާހްކޮށްދެއްވައިފައެވެ. މި ރިޕޯޓްގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ އަދަދާއި، މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އިންސަންތައާއި، ވަޒީފާ އަދާކުރާ އަދި ވަޒީފާ އަދާނުކުރާ އާބާދީއާއި ގުޅޭ ހިސާބުތައް ވަނީ ހިމެނިފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން "ލޭބަރ ފޯސް ސަރވޭ 2025 ގެ ކުއަރޓަރ 3"ގެ ނަމުގައި އިފްތިތާހްކުރެވުނު މި ރިޕޯޓްގައިވާ މަޢޫލުމާތު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބިލައްވާނެއެވެ.