logo
banner image

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި ކައުންސިލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

ކައުންސިލު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ރަށްތައް:

1. ށ. ބިލެތްފަހި

2. ށ. ޅައިމަގު

3. ށ. މާއުނގޫދޫ

4. ށ. މަރޮށިރ.

5. އިންނަމާދޫ

6. ރ. މާކުރަތު

7. ކ. ގުޅި

8. އއ. ރަސްދޫ

9. އއ. ތޮއްޑޫ

10. އދ. ދަނގެތި

11. އދ. އޮމަދޫ

12. ވ. ކެޔޮދޫ

13. މ. ނާލާފުށި

14. ފ. މަގޫދޫ

15. ފ. ނިލަންދޫ

16. ތ. ހިރިލަންދޫ

17. ތ. ކަނޑޫދޫ

18. ގއ. ގެމަނަފުށި

19. ގއ. ކޮލަމާފުށި

20. ގއ. ވިލިނގިލި

މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގެ ކައުންސިލު ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ އިރު، ބައެއް ރަށްތަކުގެ ކައުންސިލް އިމާރާތްތަކުގެ ފައުންޑޭޝަން ވަނީ އަޅާފައެވެ.

ކައުންސިލުތައް އެޅުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފައިވަނީ 11 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ތ. އޮމަދޫ އަދި ވ. ކެޔޮދޫ ކައުންސިލުގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް 6 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ރަށްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ސަބްކޮންޓްރެކްޓަރުންނާ ޙަވާލާދެއްވާ، ކައުންސިލުން ވަނީ ވިދާޅުވެފައެވެ.