ގަތަރުގެ މިނިސްޓަރ އޮފް ލޭބަރއާއި ވަޒީރު ޑރ. ޢަލީ ހައިދަރު ބައްދަލުކުރައްވައިފި
ގަތަރުގެ ދޯހާގައި ކުރިއަށްގެންދިޔަ "އޯ.އައި.ސީގެ 6 ވަނަ ލޭބަރ މިނިސްޓަރސް ކޮންފަރެންސް"ގައި ބައިވެިރިވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގަތަރުގެ މިނިސްޓަރ އޮފް ލޭބަރ، ހިޒް އެކްސެލެންސީ، ޑރ. ޢަލީ ބިން ސަޢީދު ބިން ސަމީޚް އަލް މައްރީއާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުުމުގައި، ދިވެހިރާއްޖެއާއި ގަތަރާއިދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއެކު ދެ ޤައުމުގެ މަސައްކަތްތެރިން މެދުވެރިވެ، ދެ ދަޢުލަތުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަށް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެެވެ. މީގެ އިތުރުން، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެކުލަވައިލެވޭ މުހިއްމު ޤާނޫނާއި ޤަވާޢިދުތައް ދެ ޤައުމުގެ މެދުގައި ހިއްސާކުރުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުުމުގެ ސަބަބުން ބޭރުގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރެވި، ދަޢުލަތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން، ދިވެހިންގެ ހުނަރުވެރިކަން އިތުތުކޮށް، މުސްތަޤްބަލް ބިނާކުރުމުގެ އެތަށް ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
-1761027922640.webp)