logo
banner image

އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިންގެ ފުރުތަމަ ދަސްވެނިން ސިއްޚީ ދާއިރާގައި ޚިދުމަތްކުރުމަށް ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ ޤަައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި މަތީ ތަޢުލީމާއި ތަމްރީނު ފުރހިަމަ ކުރި ދަރިވަރުން ވަނީ 2024 ވަނަ އަހަރު ދަސްވެނިވެ، 1 އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކޮށް ސިއްޙީ ޚިދުމަތަށް ނިކުތުމަށް ތައްޔާރުވެފައެވެ.

މިއީ، ދިވެހިރާއްޖެ އިން ޑޮކްޓަރު ކަމުގެ މަތީ ތަޢުލީމާިއ ތަމްރީނު ހާޞިލުކޮށް ސިއްޚީ ދާއިރާއަށް ނިކުންނަ ފުރުތަމަ 20 ޑޮކްޓަރުންނެވެ. އެމް.އެން.ޔޫގެ ސްކޫލް އޮފް މެޑިސިންގެ މި 20 ދަރިވަރުން ވަނީ އެ ދަރިވަރުންގެ އިންޓާންޝިޕް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ވެސް އެ ދަރިވަރުންގެ ބައެއް ތަމްރީނުތައް ވަނީ ކުރިއަށްގެންދެވިފައެވެ. މި ދަރިވަރުންނަށް މެޑިކަލް ލައިސަންސް ލިބި، ސިއްޚީ ދާއިރާގައި ޚިދުމަތްކުރުމުގެ ރަސްމީ ހުއްދަ ލިބިފައިވާއިރު، އައި.ޖީ.އެމް.އެޗްގެ ފަރާތުން މި ޒުވާން ޑޮކްޓަރުންނަށް ވަނީ މަރުޙަބާ ދަންނަވައިފައެވެ.

ދިވެހިރާއްޖޭގެ ޤަައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ސްކޫލް އޮފް މެޑިސިން ޤާއިމުކުރުމުގެ ޙުއްދަ 2018 ވަނަ އަހަރު ލިބި، ސިއްޙީ ދާއިރާ އިން ޒުވާނުން ބިނާކުރުމުގެ މަސައްކަތްތަށް ފެށިގެން ދިޔައިރު، މިހާތަނަށް ދެ ބެޗްގައި ޑޮކްޓަރުކަން ކިޔެވި ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ޙިދުމަތްކުރާނެ ދިވެހި ޒުވާނުން ބިނާކުރުމަށް ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ފުރުތަމަ ޑިގްރީ ސްކީމް"ގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމުގައި ދަރިވަރުންނަށް ދިމާވާ މާލީ ދަތިތައް މަދުކުރުމުގެ މަގުފަހިވެގެންދާނެއެވެ.