logo
banner image
ދިފާޢީ ވުޒާރާ

ސްނޯކަލްކޮށްގެން ގިނިސް ވޯލްޑް ރިކޯޑް ގާއިމުކުރުުގައި ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެ

އެއް ފަހަރާ އެންމެ ގިނަ މީހުން އެކި ތަންތަނުގައި އެއް ވަގުތެއްގައި ސްނޯކަލްކޮށްގެން ގިނިސް ވޯލްޑް ރެކޯޑް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ "ބާނި" ހަރަކާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެެއެވެ.

ބ.އަތޮޅު ކައުންސިލުން އިސްނަގައިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފްރީޑައިވް މޯލްޑިވްސް ގުޅިގެން އޮކްޓޫބަރު 18ވަނަ ދުވަހު ވިލިނގިލިފަރު ފިނޮޅުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި 623 މީހަކު ބައިވެރިވި އިރު، އޭގެތެރޭގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ސިފައިންގެ ޓީމެއް ހިމެނެއެވެ.

މި ހަރަކާތުގެ ސޭފްޓީ ސުޕަވައިޒަރުންގެ ގޮތުގައާއި، ސެކުޔިރިޓީ ބެލެހެއްޓުމުގައި ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވި އިރު، ދިމާވެދާނޭ ކަމަކަށް ތައްޔާރީ ހާލަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.