logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދެ ސްކޫލެއްގެ ދަރިވަރުންނަށް "ސަރވައިވަލް" ކޭމްޕެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހއ.އިހަވަންދޫ ސްކޫލާއި ހއ.މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށް "ކެޑޭޓް ސަރވައިވަލް ކޭމްޕް 2025" ނަމުގައި ކޭމްޕެއް ކުރިއަށްގެންގޮސްފިއެވެ.

ހއ.މޮޅަދޫގައި ކުރިއަށްދިޔަ އެއް ދުވަހުގެ މި ކޭމްޕުގައި ހއ.އިހަވަންދޫ ސްކޫލުން 46 ކެޑޭޓުންނާއި، ހއ.މޮޅަދޫ ސްކޫލުން 13 ދަރިވަރުން ބައިވެރިވިއެވެ.

މި ސްކޫލުތަކުގެ އެދިލެއްވުމުގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ މި ކޭމްޕުގައި، ސަރވައިވަލް ހާލަތުގައި އެއްގަމުގައި ޝެލްޓަރ ހަދާނެ ގޮތާއި، އަލިފާން ރޯކުރާނެ ގޮތާއި، ކާނާ ހޯދާނެ ގޮތްތަކާއި، ކާނާ ރައްކާކުރާނެ ގޮތްތަކާއި، ބޭނުންވާ ޓޫލްސް ހަދާނެ ގޮތްތަކާއި، ފެން ހޯދުމަށް ފަހު ފެން ޕިއުރިފައި ކުރާނެ ގޮތްތަކާއި، މިފަދަ ހާލަތްތަކުގައި ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ހަމައެއާ އެކު، އެކަމާ ގުޅޭ ޢަމަލީ އެކްސަސައިޒެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.