ލިޓްލް ޖެމްސް ޕްރީސްކޫލުގެ ދަރިވަރުން، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި
ލިޓްލް ޖެމްސް ޕްރީސްކޫލުގެ ސްޓަރ އަދި ޕްރީކަބް ދަރިވަރުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ 187 ދަރިވަރުންނާއި 68 ޓީޗަރުން ކުރި ޒިޔާރަތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ކިޔަވައިދީފައެވެ. އަދި އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.