logo
banner image

20 ރަށެއްގެ ކައުންސިލު އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި ކައުންސިލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވީ ''އެކްސް'' ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ 55 ކައުންސިލުގެ ތެރެއިން ބާކީ 35 ކައުންސިލްގެ ޢަމަލީ މަސައްކަތް މި މަހު ފެށިގެންދާނެ ކަމަށެވެ.

ކައުންސިލު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ރަށްތައް;

  1. ށ. ބިލެތްފަހި
  2. ށ. ޅައިމަގު
  3. ށ. މާއުނގޫދޫ
  4. ށ. މަރޮށިރ.
  5. އިންނަމާދޫ
  6. ރ. މާކުރަތު
  7. ކ. ގުޅި
  8. އއ. ރަސްދޫ
  9. އއ. ތޮއްޑޫ
  10. އދ. ދަނގެތި
  11. އދ. އޮމަދޫ
  12. ވ. ކެޔޮދޫ
  13. މ. ނާލާފުށި
  14. ފ. މަގޫދޫ
  15. ފ. ނިލަންދޫ
  16. ތ. ހިރިލަންދޫ
  17. ތ. ކަނޑޫދޫ
  18. ގއ. ގެމަނަފުށި
  19. ގއ. ކޮލަމާފުށި
  20. ގއ. ވިލިނގިލި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.