ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި ބައެއް ތަކެތި އޮޔާދާތީވެ ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން
ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.
މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށެވެ. މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރަމެވެ.