logo
banner image

"ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް މިއަދުވެސް ހަތަރު އަތޮޅެއްގައި ކުރިއަށްއެބަގެންދޭ

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް މިއަދު ހަތަރު އަތޮޅެއްގައި ކުރިއަށްއެބަގެންދެ އެވެ.

"ކުރިމަގު ސައްލާ" ބައްދަލުވުންތައް މިއަދު ބޭއްވުމަށް ނިންމާފައި ވަނީ، ރ. އަލިފުށި، ދ. މާއެނބޫދޫ. ތ. ތިމަރަފުށީގެ އިތުރަށް ހދ. ނައިވާދޫ ގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ކުރިއަށްއޮތް 20 އަހަރަށް ރަށާއި ޤައުމުގެ ތަސައްވުރު އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ދެއްވުމުގެ ފުރުސަތު ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފަ އެވެ.

"ކުރިމަގު ސައްލާ ބައްދަލުވުންތައް އޮންނަ ތަނާއި ވަގުތު، "ރެސިލިއަންޓް މޯލްޑިވްސް 2045" ގެ ފޭސްބުކް ޕޭޖް އިންނާއި "ނެކްސިޔާ މޯލްޑިވްސްގެ" ފޭސްބުކް ޕޭޖް އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށްވެސް ކޮންމެ ދުވަހު ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ބައްދަލުވުންތަކުން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލް އެއްކުރުމުގައި ހަރަކާތްތެރި ވަނީ، މި ދިރާގެ މަސައްކަޔް ޙަވާލުކޮށްފައިވާ ކޮންސަލްޓެންޓް، "ނެކްސިޔާ މޯލްޑިވްސް" އިން ނެވެ.

މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.