logo
banner image

"ކުރިމަގު ސައްލާ" ދ. ކުޑަހުވަދޫގައި ބާއްވައިފި

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ދ. ކުޑަހުވަދޫގައި ބާއްވައިފި އެވެ.

މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ބައްދަލުވުންތައް މާލޭގައި ބޭއްވުމަށް ނިންމާފައި ވަނީ މާލޭގެ ދާއިރާތަކަށް ބަހާލައިގެންނެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައި ވަނީ، ރޭ 20:15 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގަ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގައި ސިޓީ އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހޯދައި ޚިޔާލާއި މަޝްވަރާ ގެންދަނީ އެއްކުރަމުންނެވެ.

ފުރިހަމަ ދުރުރާސްތާ ޕްލޭނެއްގެ މުހިންމުކަން ރާއްޖެއަށް ބޮޑުވެފައިވާއިރު، "ވިިލުންތެރި ރާއްޖެ 2045" އަކީ ކުރީގެ ރައީސް މައުމޫން އިއުލާންކުރެއްވި 20،20 ގެ ތަސައްވުރުގެ ފަހުން، ސަރުކާރަކުން މިހާތަނަށް އިއުލާންކުރި އެންމެބޮޑު ޤައުމީ މަޝްރޫއު އެވެ. 20،20 ތަސައްވުރުގެ ދުރުރާސްތާ ޕްލޭންގެ ދަށުންވެސް ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާއިރު، މިފަދަ ދުރުރާސްތާގެ ޕްލޭނެއް ރާއްޖެއަށް މުހިންމުކަން ދޭހަކޮށްދެއެވެ.