logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކަސްޓަމްސްގެ މުވައްޒަފުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަލަށް ރެކްރޫޓްކޮށްފައިވާ ފަރާތްތަކަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން "އެސެންޝަލް ސެލްފް ޑިފެންސް" ނަމުގައި ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ނިންމުގެ ގޮތުން މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް، އިބްރާހީމް މަފާޒެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިވިލް އެފެއާޒް އޮފިސަރ، ކެޕްޓަން ޢަބްދުﷲ ޙަމީދެވެ.

އޮކްޓޫބަރު 11އިން 13އަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގައި ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.