މެލޭޝިޔާގެ އައި.އައި.ޔޫ.އެމް އިން މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި
މެލޭޝިޔާގެ އައި.އައި.ޔޫ.އެމް ޔުނިވާސިޓީގެ ރެކްޓަރ، ޕްރޮފެސަރ، އެމިރީޓަސް ޑަޓުކް ޑރ. އޮމަރް ބަކަަރް ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެ ވުޒާރާގެ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުވުމުގައި، މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތަކުގެ ތެރެއިން މެލޭޝިޔާއާއި ދިވެހިރާއްޖެ އިން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން މުސްތަޤްބަލްގައި އައި.އައި.ޔޫ.އެމްއާއި ގުޅިގެން ކުރެިވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން، ދަރިވަރުންނަށް އެކި ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅިގެން ދެފަރާތުގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.
އައި.އައި.ޔޫ.އެމް ޔުނިވާސިޓީ އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ ދެފަރާތުގެ ގުޅުން ބަދަހިކޮށް، ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ތަފާތު ފުރުޞަތުތައް އިތުުރުކޮށްދިނުމަށް ވާހަކަދެކެވިފައެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން މެލޭޝިޔާގެ އައި.އައި.ޔޫ.އެމް ޔުނިވާސިޓީ ފަދަ ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ މަގުފަހިވެގެންދާނެއެވެ.
