ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފި
ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، އެސެޓް ރިކަވަރީ ޤާނޫނެއް އެކުލަވާލުމުގެ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން އެސެޓް ރިކަވަރީގެ މަސައްކަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ޢާއިޝާ ނަޢީމާއި ސްޓޭޓް ކައުންސެލް އާމިނަތު ޝީރީން ބައިވެރިވެވަޑައިގެންނެވިއެވެ.