logo
banner image
ޚާރިޖީ ވުޒާރާ

އިންޑިއާ އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ‘10 އޮކްޓޫބަރު 2025 އިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެޤައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

މިގޮތުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) ތިރީގައި މިވާ ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރަން ޖެހެއެވެ.

https://indianvisaonline.gov.in/earrival/

މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެއެވެ.

އެހެންކަމުން، އިންޑިއާއަށް ދަތުރުކުރައްވާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރެއްވުމުގެ ކުރިން " އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ.