logo
banner image

"ކުރިމަގު ސައްލާ" ނ. ހޮޅުދޫ ގައި ބާއްވައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ނ. ހޮޅުދޫ ގައި ބާއްވައިފި އެވެ.

"ކުރިމަގު ސައްލާ" ބައްދަލުވުން ހޮޅުދޫ ގައި ބޭއްވީ ރޭ 20:15 ގައި އެރަަށު ކައުންސިލް ހޮޅުވެށީ ގައެވެ.

މި ބައްދަލުވުމުގައި ވަނީ ރަށު ކައުންސިލް އާއި ރަސްމީ އިދާރާތަކުގެ އިތުރަށް، ރައްޔިތުންނާއި ބައްދަލުކޮށް ކުރިއަށްއޮތް 20 އަހަރަށް ރައްޔިތުން ބޭނުންވާ ޤައުމީ ތަރައްޤީގެ ޚިޔާލާއި މަޝްވަރާ ހޯދާފަ އެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ.

މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.