logo
banner image
ޚާރިޖީ ވުޒާރާ

ސްޕެއިންގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ސްޕެއިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެ އާއި ސްޕެއިން އާ ދެމެދުގައި އޮތް ގުޅުން ދެ ޤަައުމަށްވެސް ފައިދާވާނެ ފަދައިން ކުރިއެެރުވުމަށް އެއްބާރުލުމަށް ދިނުމަށް އަޅުގަނޑު ގާއިމުވެ ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."