އދ. ކުނބުރުދޫގެ ބައެއްގެ ގޮތުގައި ފޮފަޅަގައު ފަޅު ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ރައްޔިތުން އެދިލެއްވުމާ ގުޅިގެން އެ އަތޮޅު ފޮފަޅަގައު ފަޅު ކުނބުރުދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ކުނބުރުދޫގެ ބައެއްގެ ގޮތުގައި ފޮފަޅަގައު ފަޅު ހަމަޖައްސަވައިދެއްވީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދުމުގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުންނެވެ. ފޮފަޅަގައު ފަޅު ކުނބުރުދޫ ބައެއްގެ ގޮތުގައި ހަމަޖެހުމުން ބިމުގެ ދަތިކަން ކުނބުރުދޫ ރައްޔިތުންނަށް ޙައްލުވެ އިޤްތިޞާދީ ފައިދާތައް ހޯދުމަށް މަގުތައް ފަހިވެގެންދާނެއެވެ.
މި ގެނެވުނު ބަދަލާ ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 އަށްވެސް ވަނީ އިޞްލާޙު ގެނެވިފައެވެ. މި ނިންމެވުމަކީ ކުނބުރުދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށާއި އާމްދަނީ ހޯދުމުގެ ދަތިތަކަށް ލުއިލިބިގެން ދާނެ ނިންމެވުމެކެވެ.