logo
banner image

މިނިސްޓަރ ޑރ.ޢަލީ ހައިދަރު އައި.ސީ.އީ.އެސް.ޓީ 2025 ކޮންފެރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާެއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ "އިންޓަރނޭޝަނަލް ކޮންފެރެންްސް އޮން އިނޮވޭޝަންސް އިން އިންޖީނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ( އައި.ސީ.އީ.އެސް.ޓީ 2025 )ގެ ނަމުގައި ކުރިއަށްގެެންދިޔަ ބައިނަލްއަޤްވާމީ ކޮންފެރެންސް ޝަރަފުވެރިކޮށްދެއްވައިފައެވެ.

މި ކޮންފެރެންސް ޝަރަފުވެރިކޮއްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޫސަމައަށް އަންނަ ނޭދެވޭ ބަދަލުތަށްފަދަ މުހިއްމު މައްސަލަތަކަށް އެކަށީގެންވާ ޙައްލު ހޯދުމަށް އުފެއްދުންެރިކަމާއި އިންޖީނިއަރިން، ސައިންސް އަދި ޒަމާނީ ޓެކްނޮލޮޖީ ކުރިއެރުވުމުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުވައިލައްވައިފައެވެ. މީގެ އިތުރުން، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީއަކީ ބައިނަލްއަޤްވާމީ ޒިންމާއެއްކަމާއި އަދި އެކަން ހާޞިލްކުރެވޭނީ ހުރިހާ ފަރުދުންގެ އެއްބާރުލުމާއިއެކުގައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

"އިންޓަރނޭޝަނަލް ކޮންފެރެންްސް އޮން އިނޮވޭޝަންސް އިން އިންޖީނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮހީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ( އައި.ސީ.އީ.އެސް.ޓީ 2025 ) ކޮންފެރެންސަކީ އިންޖީނިއަރިންގ، ސައިންސް، ޓެކްނޮލޮޖީ މެދުވެރިކޮށް އުފެއްދުންތެރިކަމާއިއެކު ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބޭއްވޭ ބައިނަލްއަޤްވާމީ ކޮންފެރެންސެކެވެ.