logo
banner image

ބުރާސްފަތި ދުވަހު ބޭއްވި އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަން!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

މި ސެޝަންގައި އިސްރަށްވެހިންނަށް މައުލޫމާތު ދީފައިވަނީ “ހާސްވެ ކަންބޮޑުވުންތަކާއި ކުރިމަތިލާނެ ގޮތްތަށް” މި މައުޞޫއަށެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 17:30 އަށެވެ.

މި އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތަކުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި، އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި، މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާއި، އިހުރިތާމްކުރުމާއި އިހުތިރާމް ލިބިގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.