logo
banner image

ސޮފްޓް މޭކަޕް އަދި ކޮރިއަން ސްކިންކެއަރ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުންނަށް އަމާޒުކޮށްގެން، ސޮފްޓް މޭކަޕް އާއި ކޮރިއަން ސްކިންކެއަރ އާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 11 ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި މި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ވޯކްޝޮޕްގައި، ދާއިރާގެ އިސް ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، ސޮފްޓް މޭކަޕްގެ އެކި އުކުޅުތައް ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން، ދުނިޔޭގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކޮރިއަން ސްކިންކެއަރގެ މައްޗަށް ތަފްސީލީ މައުލޫމާތާއި، އުކުޅުތައް ވެސް ވަނީ ދަސްކޮށްދީފައެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 24، 25 އަދި 27 ވަނަ ދުވަހުއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކެވެ.