logo
banner image

ސޮފްޓް މޭކަޕް އަދި ކޮރިއަން ސްކިންކެއަރ ވޯކްޝޮޕް ފަށައިގެން ކުރިއަށް!

ޒުވާނުންނަށް އަމާޒުކޮށްގެން، ސޮފްޓް މޭކަޕް އާއި ކޮރިއަން ސްކިންކެއަރ އާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ވޯކްޝޮޕްގައި، ދާއިރާގެ އިސް ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، ސޮފްޓް މޭކަޕްގެ އެކި އުކުޅުތައް ދަސްކޮށްދެވޭނެއެވެ.

މީގެ އިތުރުން، ދުނިޔޭގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކޮރިއަން ސްކިންކެއަރގެ މައްޗަށް ތަފްސީލީ މައުލޫމާތާއި، އުކުޅުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 24، 25 އަދި 27 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ސޯޝަލް ސެންޓަރުގައި މި ވޯކްޝޮޕް ކުރިއަށް ދާނެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.