ނޫސްވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމަށް ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަނީ
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަން ނިންމައިފިއެވެ.
މި މާސްޓަރކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހޯމަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އަށް އޮންލައިންކޮށެވެ.
މި މާސްޓަރކްލާސް ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ނޫސްވެރިންނަށާއި، ޕްރޮޑިއުސަރުންނަށާއި، މީޑިއާގެ އެހެނިހެން ހުނަރުވެރި މަސައްކަތްތެރިންނަށެވެ.
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި މާސްޓަރކްލާހަކީ، ތަޖުރިބާކާރުންގެ ކިބައިން ސީދާ ދަސްކުރުމުގެ ރަނގަޅު ފުރުސަތެކެވެ. މީގެ ސަބަބުން ނިއުސްރޫމްގެ އަމަލީ ތަޖުރިބާތައް ލިބި، އެޑިޓޯރިއަލް އަދި ސްޓްރެޓީޖިކް މީޑިއާ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދޭނެއެވެ.
މި މާސްޓަރކްލާހަށް އެޕްލައިކުރުމަށް، ދީފައިވާ ކިއުއާރް ކޯޑު ސްކޭންކޮށްގެން ފޯމު ފުރޭނެއެވެ.