logo
banner image

އެންޓި-މަނީ ލޯންޑަރިން އަދި ކައުންޓަރިން ދަ ފައިނޭންސް އޮފް ޓެރަރިޒަމްއާބެހޭ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް!

އެންޓި-މަނީ ލޯންޑަރިން އަދި ކައުންޓަރިން ދަ ފައިނޭންސް އޮފް ޓެރަރިޒަމްގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ އޮޑިޓޯރިއަމްގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެންމެ ގިނަވެގެން 50 ބައިވެރިންނަށެވެ. އަދި، ކޮންމެ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތަކުންވެސް ބައިވެރިވެވޭނީ އެންމެ ގިނަވެގެން ދެ ބައިވެރިންނަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށްޓަކައި، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރ ކޯށު ސްކޭންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.