ގަމުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ
"ވޯލްޑް ކްލީން އަޕް ޑޭ" ފާހަގަކުރުމުގެ ގޮތުން ލ.ގަމު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު ބައިވެރިވެއްޖެއެވެ.
ލ.ގަމު މުކުރިމަގު އަވަށު ހުޅަނގު ފަރާތު އަތިރިމަތީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެ ވަނީ ސާފުކުރުމުގައި ހަރަކާތްތެރިވެފައެވެ.