ސޮފްޓް މޭކަޕް އަދި ކޮރިއަން ސްކިންކެއަރ ވޯކްޝޮޕެއް ބާއްވަނީ
ޒުވާނުންނަށް އަމާޒުކޮށްގެން، ސޮފްޓް މޭކަޕް އާއި ކޮރިއަން ސްކިންކެއަރ އާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފިއެވެ.
މި ވޯކްޝޮޕްގައި، ދާއިރާގެ އިސް ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، ސޮފްޓް މޭކަޕްގެ އެކި އުކުޅުތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން، ދުނިޔޭގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކޮރިއަން ސްކިންކެއަރގެ މައްޗަށް ތަފްސީލީ މައުލޫމާތާއި، އުކުޅުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 24، 25 އަދި 27 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ސޯޝަލް ސެންޓަރުގައި މި ވޯކްޝޮޕް ކުރިއަށް ދާނެއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރ ކޯށު ސްކޭންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.