logo
banner image

އިހަވަންދޫގައި އެމް.އެން.ޔޫގެ އައުޓްރީޗް ކެމްޕަހެއް ގާޢިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ހއ.އިހަވަންދޫގައި އައުޓްރީޗް ކެމްޕަަސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ހއ.އިހަވަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.

ގިނަ އަދަދެއްގެ ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ. އެގޮތުން، އެމް.އެން.ޔޫގެ ފަރާތުން ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމުކުރެވޭ މިފަދަ ކެމްޕަސްތަށް މެދުވެރިކޮށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކޮށް، ޤައުމު ބިނާކުރާނެ ޒުވާނުންތަކެއް އުފެދިގެންދާނެއެވެ.