logo
banner image
ދިފާޢީ ވުޒާރާ

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ. މިގޮތުން، އެ ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔަވަމުންދާ 40 ދަރިވަރުން ވަނީ އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ. އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.