logo
banner image

ފެނަކަ ކޯޕަރެޝަންގެ ލިމިޓެޑްގެ ބޯޑު މެމްބަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

ފެނަކަ ކޯޕަރެޝަންގެ ލިމިޓެޑްގެ ބޯޑު މެމްބަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އެ ބޯޑުގެ ޑިރެކްޓަރެއްގެ މަޤާމަށް އާދިއްތަ ދުވަހު އައްޔަނުކުރައްވާފައި ވަނީ، ނ. ވެލިދޫ، އެއްގަމުގޭ އަލްފާޟިލް މުޙައްމަދު އީމާން އެވެ.

ފެނަކައިގެ ބޯޑު ހިމެނެނީ 7 މެމްބަރުންނެވެ. އެއީ، ފެނަކައިގެ ޗެއާޕާސަން ޙުސައިން ޝާމް އާދަމާއި، މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްގެ އިތުރުން ބޯޑު ޑިރެކްޓަރުން ކަމަށްވާ އަޙްމަދު މާޒިން، ޢަބްދުﷲ ޙަނީފް، ޢާއިޝަތު ޝިޒްލާ، މުޙައްމަދު ޝަރީފް ޢަލީ އަދި މުޙައްމަދު އީމާނެވެ.