ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ މެންބަރުން އައްޔަނުކުރައްވައިފި
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ މެންބަރުން އައްޔަނުކުރައްވައިފި
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް އާދިއްތަ ދުވަހު ވަނީ، 3 ބޭފުޅަކު ވަނީ އައްޔަންކުރައްވާފަ އެވެ.
އެގޮތުން ބޯޑުގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރެއްވީ ވ. ފަޝާމަންޒިން، ޑޮކްޓަރ ޝާހް އަބްދުﷲ މާހިރު އެވެ.
މީގެ އިތުރަށް ބޯޑު މެންބަރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، މ. ކުރެއްދޫގޭ އަލްފާޟިލާ ޢާއިޝަތު މުޙައްމަދު އާއި، އަލްފާޟިލާ ޝިބާނާ އަބްދުﷲ ދީދީ (ފްލެޓް ނަމްބަރ 1-3-10) އެވެ.
ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ، މި ސެޕްޓެމްބަރ މަހުގެ 9ވަނަ ދުވަހު އެވެ.
މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.