logo
banner image

މި މިނިސްޓްރީން ޗައިނާގެ BUCG އާއެކު ދަތުރުފަތުރުގެ ދާއިރާގެ އެއްބާރުލުމަށް މަޝްވަރާކޮށްފި

     މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްވެރިންނާއި، ޗައިނާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ބީ.ޔޫ.ސީ.ޖީ (BUCG) ކުންފުނީގެ މަންދޫބުންނާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ކުރިމަގުގައި އެއްބާރުލުން ދެވޭނެ ގޮތްތަކާއި، އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ. ބީ.ޔޫ.ސީ.ޖީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓްތައް، ރޯޑް ނެޓްވޯކްތައް އަދި އެހެނިހެން ބޮޑެތި ބިނާތައް ތަރައްޤީ ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކުންފުންޏެކެވެ.

     ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ވަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ހުރި ކުރިއެރުމުގެ ފުރުސަތުތަކާއި، މިހާރު ހިންގާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. ޚާއްސަކޮށް ވައިގެ ދަތުރުފަތުރާއި، ކަނޑުދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. ބީ.ޔޫ.ސީ.ޖީގެ ފަރާތުން ވެސް އެމީހުންގެ ތަޖުރިބާއާއި، ދިވެހިރާއްޖެއަށް ދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.