logo
banner image
ޚާރިޖީ ވުޒާރާ

ހޮންޑޫރަސްގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ހޮންޑޫރަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހެވިއާ އެފްރެއިން ބު ސޮޓޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު،

ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ހޮންޑޫރަސްގެ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދިވެހިރާއްޖެއާއި ހޮންޑޫރަސްއާ ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުމާއި އެކުވެރިކަން، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ މަސްލަހަތަށް ފައިދާހުރި ގޮތެއްގައި ކުރިއަރައިގެން ދިއުމަކީ އަޅުގަނޑުގެ އުންމީދެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."