އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 41 ވަނަ މާއްދާ
41 .އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ބާވަތުގެ މައްސަލަތައް އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި ބެލިދާނެއެވެ.
(ހ) އަރބަން ސަރަޙައްދެއް ތަރައްޤީކުރުމުގެ ހުއްދައާ ނުވަތަ ހުއްދައިގައި ކަނޑައަޅާފައިވާ ޝަރުޠަކާ ޚިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ޤަބޫލުކުރެވޭ މައްސަލަތައް؛
(ށ) މި ޤާނޫނުގެ ދަށުން ތަރައްޤީކުރާ ފަރާތަކަށް ފޮނުވާ ކޮންޕްލަޔަންސް ނޯޓިހަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކާ ޚިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ޤަބޫލުކުރެވޭ މައްސަލަތައް؛
(ނ) އެއްވެސް ފަރާތަކުން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާފައިވާ ތަރައްޤީކުރުމުގެ މިންގަނޑަކާ ޚިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ޤަބޫލުކުރެވޭ މައްސަލަތައް؛
(ރ) އެއްވެސް ފަރާތަކުން މި ޤާނޫނާއި ކަމާގުޅޭ އެހެން ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް އޮތޯރިޓީގެ ފަރާތުން އަންގާފައިވާ ގޮތާ ޚިލާފުވެފައިވާކަމަށް އެ އޮތޯރިޓީއަށް ޤަބޫލުކުރެވޭ މައްސަލަތައް؛
(ބ) އެނޫންވެސް، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ބަލަންޖެހޭ މައްސަލައެއް ކަމުގައި އޮތޯރިޓީއަށް ޤަބޫލުކުރެވޭ މައްސަލަތައް.