logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 39 ވަނަ މާއްދާ

39 .އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުން

ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު، ކަމުގެ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ހ) އަރބަން ސަރަޙައްދެއް ތަރައްޤީކުރުމުގެ ހުއްދަ ނުދީ، ތަރައްޤީކުރުމުގެ ހުށަހެޅުން އަނބުރާ ފޮނުވާލުން؛

(ށ) ތަރައްޤީކުރުމުގެ ހުއްދައާއެކު އިތުރު ޝަރުޠުތައް ކަނޑައެޅުން؛

(ނ) ތަރައްޤީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ދިނުން؛

(ރ) ތަރައްޤީކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ނުދިނުމަށް އޮތޯރިޓީން ނިންމުމުގެ ސަބަބުން އެ ބިމުގައި އޮތް އެހެން ފަރާތެއްގެ މަޞްލަޙަތަކަށް އަސަރުކުރުން؛

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އޮތޯރިޓީން އަޅާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން އެފަރާތެއްގެ މަޞްލަޙަތަކަށް އަސަރުކުރުން؛

(ޅ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްވެސް ފަރާތަކުން ޚިލާފުވުމުގެ ސަބަބުން އެފަރާތަކަށް ގެއްލުމެއް ލިބުން.