logo
banner image

ކުލަބު އެމް.ސީ.އެލް.ޕީ ގަދަކޮށް، ކުލަބު މޯލްޑިވްސް ކަޕް ކްލެސިކަށް މިރޭ ނުކުންނަނީ

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރެކްރިއޭޝަން ކުލަބު (ކުލަބު އެމް.ސީ.އެލް.ޕީ) ގަދަކޮށް، ކުލަބު މޯލްޑިވްސް ކަޕް ކްލެސިކަށް މިރޭ ނުކުންނާނެއެވެ. ޢުމުރު ހަގަސް ޓީމުގެ ބުންވަރާ ހަކަތަ ސަޕޯޓަރުންގެ ފޯރިއާއެކު ދައްކައިދިނުމަށެވެ. ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅުމަށެވެ.

މިރޭ 10.45ގައި ހުޅުމާލޭ ފޭސް 1 ގެ ރެހެންދި ފްޓްސަލް ދަނޑުގައި ކުޅޭ، ކުލަބު މޯލްޑިވްސް ކަޕް ކްލެސިކްގެ ކުލަބު އެމްސީއެލްޕީގެ ފުރަތަމަ މެޗަށް ނުކުންނަނީ ޚާރިޖީ ވުޒާރާއާ ވާދަކުރުމަށެވެ. މޮޅުވުމުގެ އުންމީދާއެކުގައެވެ.

ކުލަބު އެމްސީއެލްޕީގެ ޓީމަކީ ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް ބިނާވާ، ގޯލާ ފަރިތަ ޓީމެކެވެ. ފަރިތަކުރުންތަކަށް އެކަށޭނަ މުއްދަތެއް ނުލިބުނަސް ލިބުނު މުއްދަތުގެ ތެރޭގައި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަން ޓީމުގެ އޮފިޝަލުން ފާހަގަކުރައްވާފައި ވެއެވެ.

ފަރިތަކުރުމުގެ ތެރޭގައި ވަރުގަދަ މެޗުތައް ކުޅުމުގެ ފުރުޞަތު ލިބިފައި ނެތަސް ލިބުނު ދެ މެޗު ކާމިޔާބުކުރެވިފައިވާ އޮތުމަކީ، މިރޭގެ މެޗަށް ނުކުންނަ އިރު ޓީމުގެ ކުޅުންތެރިންނަށް ލިބިފައި އޮތް ހިތްވަރެކެވެ.

ޓީމުގެ ސަޕޯޓަރުން، ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހަމައަށް ސަޕޯޓުކުރުމުގައި ދެމިތިބޭނެއެވެ. އެ ކަން މި ދިޔަ އަހަރު ވަނީ ސާބިތުކޮށްދީފައެވެ. 6 ވަނަ ކުޅުންތެރިޔާ ޓީމާއެކު ޖަރޒީގައި ދަނޑުތެރޭން ނުފެނުނަސް މިރޭގެ މެޗުގައި އެ ކުޅުންތެރިޔާ ހުރިކަން އެހެން ކުޅުންތެރިންނަށް ސާބިތުކޮށްދޭނެއެވެ.