logo
banner image

ހުނަރުވެރި، ފަންނުވެރި އަދި ޤާބިލު މުވައްޒަފުން މިނިސްޓްރީގައި ތިބުމުގެ ސަބަބުން އެއްވެސް ކަމެއް އެހެން ބަޔަކަށް ބަރޯސާނުވެ މިނިސްޓްރީން ކުރެވެ: އާދަމް ޝަރީފު ޢުމަރު

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި ހުނަރުވެރި، ފަންނުވެރި އަދި ޤާބިލު މުވައްޒަފުން ތިބުމުގެ ސަބަބުން އެއްވެސް ކަމެއް އެހެން ބަޔަކަށް ބަރޯސާނުވެ ސިޓީސް މިނިސްޓްރީއަށް ކުރެވޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި ބައިވެރިވާ ކްލަބް އެމް.ސީ.އެލް.ޕީގެ ކުޅުންތެރިންނާ ޖަރޒީ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވިވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނުވަނީ ޓީމަށް ހިތްވަރުދެއްވައި، ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ކްލަބް އެމް.ސީ.އެލް.ޕީއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ޤާބިލްކަން އިތުރުކުރުމުގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކުލަބެކެވެ. މިނިސްޓްރީ ގައި އިއްޔެރޭ އޮތް އޮތް ޚާއްޞަ ރަސްމިއްޔާތުގައި، ކުޅުންތެރިންނާ ޖަރޒީ ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.