logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ގއ. މާމެންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ގއ. މާމެންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މި ސަރުކާރުން މާމެންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން އެ ކައުންސިލަށް ބޭނުންނާ މުހިންމު ބައެއް ކަންކަން ހަމަޖެއްސުމުގައި މިނިސްޓްރީގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އެ ގޮތުން ރަށްގިރުމުގެ މައްސަލައާއި، ފެނާ ނަރުދަމާގެ ކަންތައްތަކުގެ ވާހަކަ މާމެންދޫ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އައްޝައިޚް ޠާހާ ނަޢީމާއި، ގއ. އަތޮޅުގެ ކަންތައް ބެލެހެއްޓެވުގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ މި މިނިސްޓްރީގެ ވެރިން ބައިވެރިވެލެއްވިއެވެ.