logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު 29 ވަނަ މާއްދާގެ

29. ތަރައްޤީކޮށްގެން ނުވާނެ ސަރަޙައްދު

މި ޤާނޫނުގެ ދަށުން ވަކި ސަރަޙައްދަކީ އަރބަން ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ސަރަޙައްދު ތަރައްޤީކުރުމަށް ނިންމި ކަމުގައި ވީނަމަވެސް، އެފަދަ ސަރަޙައްދެއްގައި ހިމެނޭ އަންނަނިވި ބާވަތުގެ އެއްވެސް ސަރަޙައްދެއް ނުވަތަ ތަނެއް، އެ ސަރަޙައްދެއްގެ ނުވަތަ ތަނެއްގެ ޤުދުރަތީ ވެއްޓަށް އެއްވެސް އުނިކަމެއް އަންނާނެ ގޮތަކަށް ނުވަތަ އެ ސަރަޙައްދެއް ނުވަތަ ތަނެއް އެކަށީގެންވާ ގޮތެއްގައި ޙިމާޔަތްކޮށް ރައްކާތެރިކުރެވިގެންނުދާނެ ގޮތަކަށް ތަރައްޤީކޮށްގެން ނުވާނެއެވެ.

(ހ) ޙިމާޔަތްކޮށްފައިވާ ސަރަޙައްދު؛

(ށ) އާސާރީ ސަރަޙައްދު؛

(ނ) އެ ސަރަޙައްދުގެ ޤުދުރަތީ ލޭންޑްސްކޭޕާއި ޙިމާޔަތްކުރަންޖެހޭ ގަސްގަހާގެއްސާއި އެނޫންވެސް ޤުދުރަތީ ވަސީލަތްތައް.