logo
banner image

އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު 28 ވަނަ މާއްދާގެ

28. އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތްކުރުން

އަރބަން ސަރަޙައްދުތައް ޕްލޭންކުރުމާއި ތަރައްޤީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް މި ޤާނޫނުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކުންނާއި، އެއިން ފަރާތަކުން އަރބަން ސަރަޙައްދުގެ ތަރައްޤީގެ ޢަމަލީ މަސައްކަތްތައް ޙަވާލުކޮށްފައިވާ ފަރާތްތަކުން އަދި އެނޫންވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން، މި ޤާނޫނު ތަންފީޛުކުރުމުގައި ނުވަތަ އަރބަން ސަރަޙައްދު ޕްލޭންކުރުމާއި ތަރައްޤީކުރުމުގެ އެއްވެސް މަރުޙަލާއެއްގައި ޢަމަލީ ގޮތުން ކުރާ އެއްވެސް ކަމެއް ކުރުމުގައި، އެ ޙާލަތަކާ އެކަށީގެންވާ އެންމެ އަވަސް މުއްދަތެއްގައި އެކަން ކޮށް ނިންމަންވާނެއެވެ.