އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު 27 ވަނަ މާއްދާގެ
27. ޤާނޫނު ތަންފީޛުކުރުމުގައި އެއްބާރުލުން ދިނުން
އަރބަން ސަރަޙައްދުތައް ޕްލޭންކުރުމާއި ތަރައްޤީކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް މި ޤާނޫނުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކުންނާއި، އެއިން ފަރާތަކުން އަރބަން ސަރަޙައްދުގެ ތަރައްޤީގެ ޢަމަލީ މަސައްކަތްތައް ޙަވާލުކޮށްފައިވާ ފަރާތްތަކުން އަދި އެނޫންވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން، މި ޤާނޫނު އެންމެ ފުރިހަމަގޮތުގައި ތަންފީޛުކޮށް، ކަނޑައެޅިފައިވާ ޕްލޭންތަކާއި މިންގަނޑުތަކާ އެއްގޮތަށް އަރބަން ސަރަޙައްދު ތަރައްޤީކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
