އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 26 ވަނަ މާއްދާ
26. ދަތުރުފަތުރުގެ ނިޒާމު
(ހ) އަރބަން ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކުން އެ ސަރަޙައްދު ތަރައްޤީކޮށް ނިންމަންވާނީ، އެ ސަރަޙައްދާ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއެކުގައެވެ.
(ށ) އަރބަން ސަރަޙައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމު ޤާއިމުކުރަންވާނީ، ކަމާގުޅޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
