އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު - 25 ވަނަ މާއްދާ
25.ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް
(ހ) އަރބަން ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކުން، އެ ސަރަޙައްދު ތަރައްޤީކޮށް ނިންމަންވާނީ، އެ ސަރަޙައްދަށް ބޭނުންވާ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ޤާއިމުކުރުމާއެކުގައެވެ.
(ށ) އަރބަން ސަރަޙައްދުތަކުގެ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ޤާއިމުކުރަންވާނީ، ޢާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި، އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެ
