logo
banner image

ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް،އެމް.އެން.އެސް.ޑީ.އޭ އިން އެމް.އައި.ޓީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖް (އެމް.އައި.ޓީ) އާއި ދެމެދު ނެޝަނަލް އެޕްރެޓެންސްޝިޕް ޕްރޮގްރާމް އަދި ނެޝަނަލް ޓްރޭޑްޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮއްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮސްފިއެވެ.

މި މަހުގެ 22 ވީ ހޯމަ ދުވަހު އެމްއެންއެސްޑީގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ކޮލެޖްގެ މެނޭޖަރ އަލްފާޟިލް އިބްރާހިމް ޝަރީފް ޙަސަނެވެ. މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީ)ގެ ފަރާތުން ސޮއެކުރެއްވީ އެ އިދާރާގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދެވެ.

2008 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮއްދެމުން އަންނަ އެމްއައިޓީ ކޮލެޖުން ވަނީ 47 ޕްރޮގްރާމެއް އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓަރ ކޮއްފައެވެ. އެގޮތުން، ރަސްމީ ނިޒާމުގެ ތެރެއިން ނެޝަނަލް އެޕްރެޓެސްޝިޕް ހިންގުމަށް 9 ޖޫން 2022 ގައި ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން، 361 ދަރިވަރުން ވަނީ ތަމްރީނު ހާޞިލުކޮއްފައެވެ. އަދި 30 ޖަނަވަރީ 2023 ސޮއެކުރެވުނު އެއްބަސްވުމަށްފަހު، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން 70 ދަރިވަރުން ވަނީ ސެޓްފިކެޓް ހާޞިލުކޮއްފައެވެ.

މި ދެ ޕްރޮގްރާމްގެ މަޤްސަދަކީ ޒުވާނުންގެ ހުނަރު އިރުތުކުރުމާއި ވަޒީފާގެ ބާޒާރުގައި މީހުން އުފެއްދުމެވެ. އެގޮތުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ އެކި މަސައްކަތްތަކާއި ގުޅޭ ތަފާތު ހުނަރުތައް ހުރި ބޭފުޅުންނަށް ރަސްމީ ތަޢުލީމި ނިޒާމަށް ވަދެ، އެދާއިރާއިން ސަނަދު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.