logo
banner image

ބީލަމުގެ މަޢުލޫމާތު: އިންޓަރނަލް އޮޑިޓް ކޮންފަރަންސްގެ ކޮންސެޕްޓް ތައްޔާރުކޮށް އިވެންޓް ބޭއްވުން

މާލީ ވުޒާރާގެ އިންޓަރނަލް އޮޑިޓް ކޮންފަރަންސްގެ ކޮންސެޕްޓް ތައްޔާރުކޮށް އިވެންޓް ބާއްވާ މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ. މާލީ ވުޒަރާއިން މިއަދު ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން އިންޓަރނަލް އޮޑިޓް ކޮންފަރަންސްގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެމްބަރ 2025 ގެ މެންދުރު 13:30 ގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ސެޕްޓެމްބަރ 2025 ގެ މެންދުރު 13:30 ގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް މާލީ ވުޒަރާގެ ޢިއުލާނުގައި ބަޔާންކޮށްފައެވެ.