logo
banner image
ޞިއްޙީ ވުޒާރާ

ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިނގުމަށް މަޝްވަރާކޮށްފި

ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސް ވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް، މަރުކަޒުންނާއި އަދި މުޖުތަމައުއިން ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއިއެކު ދެމެހެއްޓެނިވި ފަހި ފުރުސަތުތަކެއް އެ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.