logo
banner image

އެމް.ސީ.ޖީ.އެޗްގެ އިސްވެރިން މިނިސްޓަރ ޑރ.ޢަލީ ހައިދަރާއި ބައްދަލުކުރައްވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ އިސްބޭފުޅުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްިވައި، އެ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއިބެޭ ވުޒާރާ އަދި (އެމް.ސީ.ޖީ.އެޗް) އިން ގުޅިގެން، ރާއްޖޭގެ ސިއްޚީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި މި ދާއިރާ އިން ތަމްރީނު ދިނުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަށް ދެނގަނެެ،އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ. އެގޮތުން، ސިއްޚީ ދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ފަރާތްތަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ އިތުރުން މިހާރު އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަން އިރުކުރުމަށް ކުރެވިދާނެ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ފަދަ ތަފާތު ދާއިރާތަކުގެ މުވައްސަސާތަކާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިއްމު އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެއެވެ.