އިސް ދަނޑުވެރިން ތަމްރީން ކޮށްފި
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ނަމޫނާ ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުން(އިސް ދަނޑުވެރިން) ގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ވަނީ ހޮވާފައެވެ. މި ލީޑް ފާމަރުގެ ބޭނުމަކީ އެރަށެއްގައި މެޕް ޕްރޮޖެކްޓުން އަޅާފައިވާ ގްރީންހައުސްގައި އަދި މި ޕްރޮޖެކްޓާއެކު މަސައްކަތްކުރާ އައި.އެފް.އެފް މެންބަރުން އަޅާ ގްރީންހައުސްގައާއި ބިމުގައި ގަސްހައްދާއިރުގައި އެ ދަނޑުވެރިން ކަންކަންކުރަނީ ޕްރޮޖެކްޓުން ދަސްކޮށްދޭ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުމެވެ.
މިގޮތުން ޕްރޮޖެކްޓުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވައިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރުމެވެ. އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ޕްރޮޖެކްޓް އަދި މިނިސްޓްރީގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއި އެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައި އެފް އެފް މެމްބަރުންނާއި އެކު ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވުމެވެ.
ލީޑް ފާމަރުންގެ އަދަދު: މެޕް ޕްރޮޖެކްޓުން ގްރީންހައުސް އަޅާފައިވާ ރަށްތަކާއި އަދި އާ ގްރީންހައުސްތައް އަޅާރަށްރަށުގެ އައި.އެފް.އެފް މެންބަރުންގެ ތެރެއިން ކޮންމެ ރަށަކުން މަދުވެގެން 2 މީހުން ނެގުމަށް ވަނީ ނިންމާފައެވެ. މިގޮތުން އިސް ދަނޑުވެރިން ނެގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހއ. މޮޅަދޫ
- ހއ. ކެލާ
- ހއ. ފިއްލަދޫ
- ހއ. އުލިގަމް
- ހދ. ކުމުންދޫ
- ހދ. ވައިކަރަދޫ
- ހދ. މަކުނުދޫ
- ހދ. ނޭކުރެންދޫ
- ހދ. ނޮޅިވަރަންފަރު
- ށ. ކަނޑިތީމު
- ށ. ގޮއިދޫ
- ށ. ބިލެތްފަހި
- ށ. ފޯކައިދޫ
- ށ. ނަރުދޫ
- ށ، ފޭދޫ .
ލީޑް ފާމަރުން ހޮވުމުގައި ބެލާ ކަންތައްތައް:
- ވަގުތު ދެވޭނެ މިންވަރު، މިހާރުވެސް ގްރީން ހައުސްގެ މަސައްކައްކަތްތައް ރާވާ ހިންގުމުގައި އިސްކޮށް އެހެން ބައިވެރިން މޯޓިވޭޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް
- އަދި ގްރީންހައުސްގައި އިންދާ ތަކެތީ ގެ ދުވަހުން ދުވަހަށް ކުރާކަންތައްތަކުގައި އިސްކޮށް ގޮތްކިޔާ ޓްކެނިކަލް ކަންތައްތަކުގައި އިސްކޮށް ގްރޫޕްތެރެއިން ހަރަކާތްތެރިވާ ފަރާތްތައް
- ލީޑް ފާމަރުން ހޮވާނެގޮތް: ކޮންމެ ރަށެއްގައިވެސް އައި.އެފް.އެފްގެ ބޯޑުގައި އެކްސްޓެންޝަން ލިންކު ފާމަރެއް ހޮވާފައިހުރިނަމަވެސް އެކްސްޓެންކްޝަން ލިންކު ފާރމަރެއްގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތައްވުރެ ބޮޑު
- މަސްއޫލިއްޔަތެއް ލީޑް ފާމަރ އަދާކުރަންޖެހޭތީ ލީޑް ފާމަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް އައި.އެފް.އެފް މެންބަރުންގެ މަޝްވަރާއާއެއްކޮށް ހަމަޖެއްސުމަށްވަނީ ނިންމާފައެވެ.
- އެހެންކަމުން ކޮންމެ ރަށަކަށް ދަތުރުކޮށް އެރަށެއްގެ އައި.އެފް.އެފްގެ މެންބަރުންނާ ބައްދަލުކޮށް ލީޑް ފާމަރުންގެ ބޭނުމާއި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކިޔާދެވޭނެއެވެ. އަދި ބައްދަލުވުމަށް ހާޒިރުވާ އައި.އެފް.އެފް މެންބަރުންގެ ތެރެއިން މިކަމަށް އިސްނަގަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި ދެ މީހުންނަށްވުރެގިނައިން މިކަމަށް އިސްނަގައިފިނަމަ އެތަނުން ދެ މީހުންހޮވާނީ ބައްދަލުވުމަށް ވަޑައިގެންތިއްބެވި އައި.އެފް.އެފްގެ މެންބަރުންގެ ތެރެއިން ސިއްރު ވޯޓެއް ނަގައިގެންނެވެ.
- ވަކި ފަރާތެއް އިސްވެ މިކަމަށް ކުރިމަތި ނުލައިފިނަމަ ބައްދަލުވުމަށް ވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ފާހަގަ ވާ ފަރާތެއް ބައިވެރިންނަށް ހުށަހަޅައިގެންވެސް އައްޔަންކުރެވިދާނެއެވެ.
އިސް ދަނޑުވެރިންނަށް މިކަންކަން ކުރުމަށް ބޭނުންވާ ތަމްރީންތައް މިހާރު ދީފައިވާއިރު، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަދި އެހެނިހެން ގޮތްގޮތުންވެސް ގަސްހެއްދުމާގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތައް ވަނީ ކުރިޔަށް ގެންދެވިފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ގަސް އިންދުމަށް ބޭނުންކުރާ މީޑީއާ، ގަހުގެ ބައިތައް، ގަހަށް ބޭނުންވާ ކާނާގެ މާއްދާތައް، ގަހަށް ޖެހޭ ބަލިތައް އަދި ބަލިތައް ކޮންޓްރޯލްކުރާނެގޮތްތައް ދަސްކޮށްދެވެއެވެ. މީގެއިތުރުން ގަސްހައްދާއިރުގައި ގެންގުޅެންޖެހޭނެ އެންމެ ރަނގަޅު މިންގަނޑުތަކާއި، ހިސާބުބެލެހެއްޓުމާއި، ކްރޮޕް ޕްލޭނަރ އާއި އަދި ޗެކްލިސްޓް ބަލަހައްޓާނެގޮތާއި ގްރޫޕެއްގޮތުގައި މަސައްކަތްކުރުމާއި، ގްރޫޕްމެނޭޖްކޮށް މޯޓިވޭޓްކޮށްގެން މަސައްކަތްތައް ބައްޓަންކުރެވޭނެގޮތުގެ ތަމްރީން ޕްރޮގްރާމްވެސް، އިސް ދަނޑުވެރިންނަށް ދެވޭނެއެވެ.
މެޕުން އަންނަނީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، ކުރިއެރުވުމަށް ދަނޑުވެރިކަމުގެ އައު އީޖާދީ ގޮތްތައް ދަނޑުވެރިންނަށް ތައާރަޕްކޮށްދީ ދަސްކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކާއި ތަމްރިންތައް ހިންގަމުންނެވެ.