ޑީއެމްއެމްއޭ އެކްސްޕްރެސް 5 ފުންކުރުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފި
ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭގެފާނު ބަނދަރުގެ ހުޅަނގުފަރާތު ފަރަށް އެރި، ޑީއެމްއެމްއޭ އެކްސްޕްރެސް 5 ފުންކުރުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްށް އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރައްވައިފިއެވެ. މިނިސްޓަރ ޝުކުރުއަދާކުރެއްވީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.
ޝުކުރުއަދާކުރައްވާ މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި، ބޯޓު ފުންކުރުމަށް މަސައްކަތްކުރެއްވި ކުޅުދުއްފުށީ ޕަބްލިކް ވަރކްސް ޔުނިޓްގެ އެންމެހައި މުވައްޒަފުންނާއި، އެ ކަމުގައި ބައިވެރިވެ ލެއްވި ކުޅުދުއްފުށީ ސިޓީ އެންމެހައި ލޮބުވެތި ރައްޔިތުން ޝާމިލްކުރައްވާފައި ވެއެވެ. އަދި މި ފަދަ ކޮންމެ ކަމަކުން ފެންނަނީ
ޑީއެމްއެމްއޭ އެކްސްޕްރެސް 5 ކުޅުދުއްފުށީ ފަރަށް އެރީ، ބޯޓުގައި ކެލައަށް ގެނައުމަށް ޓަކައި ބޯޓުގެ އިންޖީނު ރަނގަޅުކުރުމަށް ފަހު، 500 ކޭސް ފެންއަރުވައިގެން އިއްޔެނޫން އަނެއް ދުވަހު ކެލައަށް އައުމަށް ކުޅުދުންފުށިން ފުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެންނެވެ.
އެކްސްގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ކުރެއްވި މި ޕޯސްޓް ނިންމާލައްވާފައި ވަނީ މި ފަދަ ކޮންމެ ކަމަކުން ދިވެހިންގެ އެކުވެރިކަމާއި، އޯގާތެރިކަމާއި، އަޅައިލުން ފެންނަމުންދާ ކަމަށް ވިދާޅުވެއެވެ.