logo
banner image

މި ވުޒާރާގެ ކޭސް ވޯކަރުންނަށް އަމާޒުކޮށްގެން ބިހޭވިއަރ މޮޑިފިކޭޝަން ޕޮލިސީ ތަމްރީނެއް ކުރިއަށް ގެންގޮސްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން މި ވުޒާރާގެ ކޭސް ވޯކަރުންނަށް އަމާޒުކޮށްގެން ބިހޭވިއަރ މޮޑިފިކޭޝަން ޕޮލިސީ ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

މިތަމްރީނުގެ ބޭނުމަކީ ކުދިންގެ އުޅުމާއި އަޚުލާޤުން ފެންނަ ނޭދެވޭ ކަންތައްތައް ދެނެގަނެ، ކޭސްވޯކަރުންނަށް ކުދިންގެ އަޚުލާޤަށް ހެޔޮބަދަލުތަކެއް ގެނައުމަށް އެހީތެރިވެދޭނޭ ހުނަރު ދަސްކޮށްދިނުމެވެ. މި ތަމްރީން ޕްރޮގްރާމުގައި މި ވުޒާރާގެ 20 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މިއީ، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެ ތެރޭގައި ތިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ކުރެވިގެން ދިޔަ މުހިންމު މަސައްކަތެކެވެ.